ޚަބަރު
ކޮވިޑް ބަލީގައި ތިނަދޫއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް ތިނަދޫއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއިން މިރޭ ނިޔާވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވި 6 ވަނަ މީހާއެވެ.

ތިނަދޫ އިން ރޭ ފަތިހުވެސް ވަނީ ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އެމީހާ އަކީ ގއ ގެމަނަފުށިން ކޮވިޑް ބަލީގައި ފަރުވާ ހޯދުމަށް ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެނައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Comment