ޚަބަރު
ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް މިއަދު 09:00އިން ފެށިގެން 15:00އާ ހަމަޔަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވިލާގަނޑުގައި ގަޑިޔަކު ގާތްގަޑަކަށް 40 މެލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގިނަ ރަށްތަކަށް މިވަގުތު އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހއ އިން ފެށިގެން ވ އަތޮޅާ ހަމަޔަށް މިވަނީ ހުދު ސަމާލު ނެރެފައެވެ. މިއަތޮޅުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މުސުން ގޯސް ދުވަސްވަރަކަށް ވުމާއި ގުޅިގެން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމަތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭނގަޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމަތީ ހާދިސާއެއް ދިމާވެއްޖެނަމަ އެމް.އެން.ޑީ.އެފްގެ ހިލޭ ގުޅޭ ނަންބަރ 191 އަށް ގުޅުމަށްފަހު މައުލޫމާތު ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!