ޚަބަރު
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަލުން ހެދުމަށް ކޮންޓްރެކްޓަރ އާއެކު މިއަންނަ ހަފްތާގައި ސޮއިކުރާނެ – މިނިސްޓަރ

ކުރީގެ ސަރުކާރުން ގދ މަޑަވެލި ހޯނޑެއްދޫ ގުޅުވާލައި، އަޅާފައިވާ ކޯޒްވޭގެ ސަބަބުން މަޑަވެލި ހޯނޑެއްދޫއަށް އެތަކެއް ގެއްލުންތަކެއް ލިބެމުންދާތީ ކޯޒްވޭ އަލުން ހަދަން ކޮންޓްރެކްޓް ގައި ސޮއިކުރުން މިއަންނަ ހަފްތާގައި އޮންނާނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އެމަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެއްސެވުމުންނެވެ.

މެމްބަރު ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ، އެމަސައްކަތުގެ ޓެންޑަރ މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ ޕްރޮޖެކްޓް ބަޔަކާއި ހަވާލުކޮށް ކޮންޓްރެކްޓަރ އާއިއެކު ސޮއިކުރުމުގެ މަރުހަލާ ކަމަށެވެ.

“ޓެންޑަރ ޕްރޮސެސް ވަނީ ނިމިފައި. ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުވެގެން މިހާރު މިތިބީ. އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުއްޓާ ޓެންޑަރ ޕްރޮސެސް ނިމުނީ. ހުއްދަ ލިބުމާއި އެކު އެ މަސައްކަތް ކުރަންޖެހިފައި މިއޮތީ. ހިތް އޮތީ އަންނަ ހަފްތާގައި ސޮއިކުރާނަމޭ.” މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުގެ ކޯޒްވޭ އެއްކޮށް ބަދަލުކުރަން ނިންމާފައި ވާއިރު އެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ފެންބޮޑުވުމުގެ ފުރުސަތު ކުޑަ ޑިޒައިނަކަށް ކަމަށް އެ މިނިސްޓްރީ އިން ފާހަގަކުރައްވައެވެ.

ކޯޒްވޭގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2016 ވަނަ އަހަރެވެ. ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަޑަވެލި-ހޯނޑެއްދޫގައި ތަރައްގީ ކުރި އެކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނަ އިރު ފުޅާމިނުގައި ހަތް މީޓަރު ހުންނާނެއެވެ.

  1. މުޙައްމަދު

    2008ގައި ވެރިކަމާޙަވާލުވި ސަރުކާރުން ނިންމާފައިވާގޮތަށް 2013ގައި ވެރިކަމާ ޙަވާލުވި ސަރުކާރުން ކޮށްނިންމާފައިވާ މަސައްކަތެއް އަނެއްކާވެސް 2008ގައި އައި ސަރުކާރުން ހަމަ އެއުރުގައިވެސްހުރި މިނިސްޓަރ ކުރަންތިއުޅެނީ.