ކުޅިވަރު
އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރި ނަގަން، ނާޗަރަންގީ ކުޅޭކަށް ނޫން – މަޙްލޫފް

އިންޑިއާ އާއި ދިވެހިރާއްޖެ މިރޭ ބައްދަލު ކުރާ މެޗު ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން އަޅުވައި ޝޯވް އެއް އޮންނާނެ ކަމަށާއި އަދި ދިވެހިރާއްޖެ މިރޭ މޮޅުވެއްޖެ ނަމަ ފައިނަލާ ހަމައަށް ކޮންމެ ރެއަކު ޝޯވް އޮންނާނެ ކަމަށް މިނިސްޓަރ މަޙްލޫފް ބުނުމުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފޭށުމުން މިނިސްޓަރ މަޙްލޫފް އެކަމަށް ރައްދު ދެއްވައިފިއެވެ.

މިނިސްޓަރ މަޙްލޫފް ދާދި ދެންމެއަކު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށް ގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށެވެ. އަދި ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސް ދިނުމަށް ކަމަށެވެ.

“އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ. ނާޗަރަންގީ ކުޅޭކަށް ނޫނެވެ.” ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްގެ ޓުވީޓުގައި ބުނެފައިވެއެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ އިންޑިއާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން 21:00 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!