ޚަބަރު
އަޑުއަހައިގެން ޔައުމިއްޔާ ލިޔެވޭނެ އެޕްލިކޭޝަނެއް ތައާރަފް ކުރަނީ

ރައްޔިތުންގެ މަޖިލީގައި ދައްކާ ވާހަކަ އަޑުއަހައިގެން އަމިއްލައަށް ޔައުމިއްޔާ ލިޔެވޭނެ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް މަޖުލީހުން ފަށައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖުލީހުގެ އިދާރާއިން އިސްނަގައިގެން އެފަދަ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަޝްރޫއުއެއް ފަށައިގެން އުޅޭ ކަމަށާއި ވޮއިސް ރިކޮގްނިޝަނުން ޔައުމިއްޔާ ލިޔެވޭނެ މިއެޕްލިކޭޝަން ތައާރަފްކުރުމުން މަޖިލީހުގެ އިދާރީ މުވައްޒަފުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް ލުޔެއްލިބިގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ރެޔާ ދުވާލު ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެމަނިކުފާނުވަނީ އެމުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

މިއެޕްލިކޭޝަން އުފައްދަން މިހާރު ފަށާފައިވާ ކަމަށާއި މަޖުލީހުގެ ޔައުމިއްޔާތައް ތަރުޖަމާ ކުރަން މިހާރު ފަށާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިއެޕްލިކޭޝަން އުފެއްދުމަށް އަދި ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ވެސްޓް މިނިސްޓަރ ފައުންޑޭޝަން ފޮ ޑިމޮކްރަސީ (ޑަބްލިއުއެފްޑީ)ގެ އިތުރުން ރާއްޖެއިން ބޭރުގެ ލޮކްސަބާ އާއި ސްރީލަންކާގެ މަޖިލީސް އަދި ޔޫރަޕިއަން ޔޫނިއަންއާއި އެކީގައިވެސް ޕްރޮޖެކްޓެއް ހިންގާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!