ޚަބަރު
ޝީޝާގެ “ވިނަރ އެކްސް” ހުވަދޫ އަށް

ސައިކަލް ވިޔަފާރި ގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ އެއްފަރާތް ކަމުގައިވާ ޝީޝާއިން މިހާރު ވިއްކަމުންދާ ހޮންޑާ “ވިނަރ އެކްސް” 150ސީސީ 2021ގެ މޮޑެލްގެ ސައިކަލު ވިއްކުމުގެ ކެމްޕެއިން ހުވަދު އަތޮޅުގައި ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޝީޝާގެ މާރކެޓިން ކޯރޑިނޭޓަރ ނާއިޝް ޝާތިރް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރިޔަށް ގެންދާ “ވިނަރ އެކްސް” 150ސީސީ ގެ ޕްރަމޯޝަން ޙަރަކާތްތަކަކީ ވަރަށް ކާމިޔާބު ހަރަކާތްތައް ކަމަށާއި އެގޮތުން އައްޑޫ ސިޓީ ނިންމާ ހުވަދު އަތޮޅުގައި ފަށާފައިވާ ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ނާއިޝް ވިދާޅުވީ “ވިނަރ އެކްސް” 150ސީސީ ގެ ކެމްޕޭން މި އަހަރުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހޮންޑާގެ ހޮންޑާ އޯތޮރައިޒް ޑިސްޓްރިބިއުޓަރ ، ޝީޝާ އިން މިހާރު ވިއްކަމުންދާ ހޮންޑާ “ވިނަރ އެކްސް” 150ސީސީ 2021ގެ މޮޑެލްގެ ސައިކަލް ހުވަދު އަތޮޅަށް ތައާރަފް ކުރުމަށް ޝީޝާގެ ކެމްޕޭން ފަށާފައިވަނީ މީގެ 2 ދުވަސް ކުރިންނެވެ.

“ތިނަދޫގައި ހުންނަ އަޅުގަނޑު މެންގެ ޝޯވ ރޫމް ވަރަށް ފޯރި އާއި އެކު ހަރަކާތްތެރި ވަމުން އެބަދޭ. މިއީ ޒުވާނުންނާ ގުޅޭ ކަމަކަށް ވާތީ ވަރަށް ކާމިޔާބު ކޮށް ދަނީ” ޝީޝާގެ މަރކެޓިން ކޯރޑިނޭޓަރ ނާއިޝް ޝާތިރް ވިދާޅުވިއެވެ.

ވިނަރ އެކްސް ސައިކަލުގެ ޓެސްޓު ދަތުރެއްކޮށް އަޖުމަ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައި، ކަސްޓަމަރުންނަށް އިތުރު މަޢުލޫމާތު ދިނުން ޝީޝާގެ ކެމްޕެއިން ގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޝީޝާއިން މައުލޫމާތު ދެއެވެ.

ތިނަދޫގައި ކުރިޔަށް ދާ ކެމްޕައިންގައި ބައިވެރިވެ ވިނަރ އެކްސް ސައިކަލުގެ ޓެސްޓު ދަތުރެއްކޮށްލާން ބޭނުންވާ ފަރާތްތަކުން ޝީޝާ ތިނަދޫގެ ހޮޓްލައިން 9455660 އަށް ގުޅުއްވައި އެޕޮއިންޓްމަންޓް ހެދުމަށް ފުރުޞަތު ޝީޝާ އިން ވަނީ ހުޅުވާލާފައެވެ.

“ވިނާ އެކްސް އޮން ޓުއަރ” ގައި ޝީޝާގެ ޓީމުވަނީ އައްޑޫ ސިޓީގައި ވަރަށް ކާމިޔާބު ކަމާއެކީ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ކެމްޕެއިންތައް ދެން ކުރިޔަށް ދާނީ ހުވަދު އަތޮޅު ވިލިނގިލީީގައެވެ. އެއް ހަފުތާ ފަހުން އެ ރަށުގައި ވިނަރ އެކްސް ގެ ކެމްޕޭން ކުރިޔަށް ގެންދިއުމަށް ފަހު އޭގެ ފަހުގައި ފުވައްމުލަކާއި ޝީޝާގެ ފިހާރަ ތައް ހުރި އެހެނިހެން ރަށް ތަކުގައި “ވިނާ އެކްސް އޮން ޓުއަރ” ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައި ކަމުގައި ޝީޝާ ގެ މަރކެޓިން ޑިޕާޓްމަންޓުން މައުލޫމާތުދެއެވެ.

ހޮންޑާ “ވިނަރ އެކްސް” 150ސީސީ 2021ގެ މޮޑެލްގެ ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކަށް ޝީޝާ ގެ ސްކީމްތައް ބޭނުން ކޮށްގެން ގަންނަން ބޭނުންވާ ފަރާތްތަކާއި ގަނޑުކޮށް ފައިސާ ދީގެން ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!