ޚަބަރު
ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ, މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގދ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެފަރާތަށް ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ، ޔޫނުސް، ބަންގްލަދޭޝް (52) ޕާސްޕޯޓް ނަންބަރު BC0642839 އެވެ.

ޔޫނުސް ހާޒިރުކުރެެވޭ ހައިސިއްޔަތަކީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށާއި، އޭނާ ހާޒިރުވާން ޖެހެނީ، މިމަހުގެ 30 ވަނަ ދުވަހުގެ 14:00 ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، އަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!