ޚަބަރު
ތިނަދޫ ޓާފްދަނޑުގައި ޓާފް އެޅުން ލަސްވާތީ މިނިސްޓަރާ މަޝްވަރާކޮށްފި

ގދ.ތިނަދޫ ޓާރފް ދަނޑުގައި ޓާފް އެޅުން ލަސްވުމާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް އާ ބައްދަލުކުރައްވައި މަޝްވަރާކޮށްފިއެވެ.

ތިނަދޫ ޓާފްދަނޑުގައި އަޅަން ބޭނުންވާ ޓާފް އެރަށަށް ގެނެސްފައިވީނަމަވެސް އެދަނޑުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

“ހުވަދޫ ނިއުސް”އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވީ އަންނަ ހަފްތާގައި ޓާފް އެޅުމުގެ މަސައްކަތާއި ހަވާލުވެތިބި ފަރާތާއި މަޝްވަރާ ކޮށްގެން ވީހާވެސް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ މަހުލޫފް ދެއްވާފައިވާ ކަމަށާއި ވީހާވެސް އަވަހަށް ދަނޑުގެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ތިނަދޫގައި ފުޓްބޯޅަ ކުޅެން އޮންނަ ދަނޑަކީ ބާ ދަނޑަކަށް ވުމުން ޓާފް ދަނޑު ނުނިމި ލަސްވަމުންދާތީ ޒުވާނުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މަސައްކަތް މެދުކަނޑާލެވުނުއިރު ދަނޑުގެ ބޮޑުބައި އޮތީ ނިމިފައެވެ. އަދި ދަނޑަށް ބޭނުންވާ ޓާފްވެސް ވަނީ ރަށަށް ގެނެވިފައެވެ.

މީގެ އިތުރުން ތިނަދޫގައި އަޅަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކަކީ ތިނަދޫގެ ޒުވާނުންނަށް ކިހާ މުހިންމު ތަނެއް ކަމަށް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

ސަނީފް އިތުރަށް ވިދާޅުވި ގޮތުގައި ތިނަދޫގައި އަޅަން ހަމަޖެހިފައިވާ ސްވިމިންގ ޓްރެކް އެޅުމަށް މިހާރުވަނީ ބަޖެޓަށް ފޮނުވާފައެވެ. އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރާއި ގުޅިގެން ސްވިމިންގ ޓްރެކް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ސަނީފް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!