ރައީސް ނަޝީދު މިއަދު ދިވެހި ރައްޔިތުންނަށް ބުރައަކަށްވެއްޖެ ކަމަށާއި، ރިޓަޔަރ ކުރެއްވުމަށްފަހު އެނޫން ގޮތެއް ހޯއްދެވުމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ދައްކުވައިދޭ ފޮޓޯތަކެއް ޝެއާކޮށް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި ޖަމީލް ވިދާޅުވެފައިވަނީ، އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް ކަމަށެވެ.
އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް. ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ. pic.twitter.com/vDGp47HGuY
— Mohamed Jameel Ahmed (@MJameelAhmed) October 14, 2021
“ރައްޔިތުންނަށް ބަލަދު އެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބުރައަކަށް ވެއްޖެ. ރިޓަޔަރެ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ.” ޑރ ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ސަބަބުން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އިނގިރޭސިވިލާތުން ފަރުވާ ހޯދުމަށްފަހު މިހާރު ރާއްޖެ ވަޑައިގެން ހުންނެވުމުން ސަރުކާރުން އެމިނުކުފާނަށް ވަރުގަދަ ސެކިއުރިޓިއެއް ދިނުމާ ގުޅިގެންނެވެ.
އިދިކޮޅުން ވަނީ ރައީސް ނަޝީދަށް ދެއްވާފައިވަ ސެކިއުރިޓީ ސިފަވަނީ ނޯތު ކޮރެއާގެ ރައީސަށް ދެއްވާ ސެކިއުރިޓީގެ ގޮތުގައި ސިފަކުރައްވައި އެކަމަށް ފާޑުކިއުން އަމާޒުކޮށްފައެވެ.
ދޮގެއްނޫން