ޚަބަރު
ފައިނަލަށް ނުދެވުނަސް ގައުމީ ޓީމު ދެެއްކި ހިތްވަރަށް އެންމެ މަތީ ދަރަޖައިގެ ތައުރީފު ހައްގު- ރައީސް

ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ޓީމް ދެއްކި ކުޅުމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމީ ޓީމްގެ ޕަރފޯމަންސާ ދޭތެރޭ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ފައިނަލަށް ނުދެވުނަސް ދަނޑުގައި ޓީމު ދެއްކި ހިތްވަރަށް އެންމެ މަތީ ދަރަޖައިގެ ތައުރީފު ހައްގު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ ޓީމު މިއަށްވުރެ ވަރުގަދަކޮށް ފެންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމުގައިވެސް ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގައި އިންޑިއާ-ދިވެހިރާއްޖެ ރޭ ބައްދަލު ކުރި މެޗުން އިންޑިއާ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު އިންޑިއާ މުބާރާތުގެ ފައިނަލަށް ދިޔައީއެވެ. ފައިނަލަށް އިންޑިއާ ނުކުންނަން ޖެހޭނީ ނޭޕާލްއާ އެކުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!