ކޮލަމް
ދިވެހި ޤައުމީ ޓީމަށް ތަޖުރިބާކާރު ބިދޭސީ ކޯޗެއް ބޭނުންވޭތަ؟

ސާފްޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ދިވެހިންނަށް ނިމިއްޖެއެވެ. ލީގު އުސޫލުން ކުޅެވުނު މުބާރާތުގެ ފަހުމެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ވާދަވެރި އިންޑިޔާއާއި ވާދަކޮށް ހިތްދަތި ގޮތަކަށް 3-1 ބަލިވެ، ދިވެހިޓީމް މުބާރާތް ނިންމާލަންޖެހުނުއިރު، މުބާރާތުގައި ދިވެހިޓީމުގެ ފާރާތުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ތަޖުރިބާކާރު ކޯޗެއް ނެތުމުގެ އުނިކަމެވެ.

ފުރަތަމަ މެޗުގައި ނޭޕާލުގެ ޒުވާން ޓީމާއި ދެކޮޅަށް، ކުރު ޕާސްތަކަކާއި އެކު ރީތި ފުޓްބޯޅައެއް ކުޅެވޭތޯ ކުޅުންތެރިން މަސައްކަތް ކުރިތަން ފެނުނު ނަމަވެސް މެޗު ނިމިގެން ދިޔައީ އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް ނޭޕާލް އަތުން 0-1 ބަލިވެގެންނެވެ. މި ނަތީއްޖާއަކީ ސާފްޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތްގެ ތާރީޚްގައި ނޭޕާލް ޓީމަށް ދިވެހި ޓީމުގެ މައްޗަށް ކުރިހޯދުނު ފުރަތަމަ ފަހަރަށެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބަންގުލަދޭޝް އާއި ދެކޮޅަށް ދިވެހި ޓީމު ނުކުތީ ފުރަތަމަ މެޗުގައިވެސް ނުކުތް ފުރަތަމަ އެގާރައެވެ. ނަތީއްޖާއެއްގެ ގޮތުން ފުރަތަމަ 25 މިނެޓްތެރޭގައި ދިވެހި ޓީމަށް އެކަށީގެވާ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް މެޗުގެ 27 މިނެޓުގައި އައްސަދު އަލީއަށް އަނިޔާވެގެން ބަދަލުގައި އައިޝަމް ކުޅެން ނުކުތްހިސާބުން ދިވެހި ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުވިތަން ފެނިގެން ދިޔައެވެ. ނަތީއްޖާއަކަށްވީ ފޯރިގަދަ ކުޅުމަކަށްފަހު ދިވެހިޓީމު 2-0 ބަންގުލަދޭޝް މައްޗަށް ކުރިހޯދުމެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި މެޗު ފެށުނުތަނާހެން ލަންކާ ޓީމުން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް ލައިންސްމަން ދިދަ ނަގާފައި ހުރުމުގެ ސަބަބުން ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. ނަމަވެސް ޓީވީ ރިޕްލޭ ބަލާލުމުން ލަންކާ ކުޅުންތެރިޔާ ހުރީ އޮފްސައިޑް މަގާމެއްގައި ނޫންކަން އެގެއެވެ. އޭގެ 3 މިނެޓް ފަހުން އަޝްފާގު ކާމިޔާބުކުރި ގޯލާއި އެކު މެޗު ނިމުނީ 1-0 ދިވެހި ޓީމު މޮޅުވެގެންނެވެ. މެޗުގައި އިތުރު ގޯލެއް ފެނިގެންގޮސްފައިނުވާއިރު ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. މި ގޮތުން ލަންކާގެ ގޯލަށް ދިވެހި ޓީމް ފޮނުވާލި ތިން ހަމަލާއެއް ގޯލު ދަނޑިޔަށް އަމާޒުވިއިރު، މެޗުގެ އިތުރުވަގުތުގައި ލަންކާގެ ހަމަލާއެއްވެސް ވަނީ ދިވެހި ޓީމުގެ ގޯލު ދަނޑިޔަށް އަމާޒުވެފައެވެ. ލަންކާ އާއި ދެކޮޅަށް ދިވެހި ޓީމު އެންމެ ފަހުން ކުޅުނު 03 މެޗުގައި 15 ގޯލް ޖަހާފައި ވާއިރު، މި މެޗުގައި ފެނިގެން ދިޔައީ ފާއިތުވި 10 ވަރަކަށް އަހަރު ލަންކަގެ ފުޓްބޯޅަ ހޯދާފައިވާ ކުރިއެރުމެވެ.

ލީގުބުރުގެ ފަހު މެޗުގައި ދިވެހިޓީމު އިންޑިޔާ ދެކޮޅަށް ނުކުތީ އެންމެ ކުޑަމިނުން އެއްވަރުކޮއްލައިގެން ނަމަވެސް ފައިނަލައް ދެވޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ދިވެހި ޓީމުގެ ފަރާތުން ފެނުނީ އަމިއްލަ ދަނޑުގައި މެޗު ފެށުނީއްސުރެ ނިމެންދެން ޕްރެޝަރުގައި ކުޅެމުންދިޔަތަނެވެ. މެޗުގެ ކުރިން ދިވެހި މީޑިޔާއިން އިންޑިޔާގެ ކުޅުމާއި މެދު ސުވާލު އުފެއްދިއެވެ. ނަމަވެސް މުޅި މެޗުގައިވެސް އިންޑިޔާ ފެނިގެންދިޔައީ މާބޮޑަށް ވެސް ތަފާތުކޮށެވެ. މިއީ 2012 އަހަރުގެ ފަހުން ދިވެހި ޓީމު އިންޑިޔާ އަތުން 2 ލަނޑުގެ ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ދިވެހިން އުންމީދު ކުރިފަދަ ކާމިޔާބެއް ނުލިބުނު ނަމަވެސް، ދިވެހި ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. މި ގޮތުން ނިހާން،އައިޝަމް،ހައިޝަމް އަދި ޝިފާއުގެ ކުޅުމަށް އައިސްފައިވާ ކުރިއެރުން ފެނިގެން ދިޔައެވެ.

ނަމަވެސް މި މުބާރާތުގެ ނަތީއްޖާއިން ފެނިގެން ދިޔައީ މި ފެންވަރުގެ މުބާރާތަކަށް ދިވެހި ޓީމަށް ތަޖުރިބާކާރު ބިދޭސީ ކޯޗެއް މުހިންމުކަމެވެ. ދިވެހި ކޯޗުން ސީނިއަރ ޤައުމީ ޓީމަށް ކޯޗުކަން ކޮއްދޭ ތައްޔާރު ނޫން ކަމެވެ.

  1. ޤައުމީ ކޯޗު

    ޤައުމީ ޓީމު ފުރަތަމަ ފަހަރަށް ދިވެހި ކޯޗަކާއެކު އެ ނުކުތީ، އެއްޗެހި ގޮވާއިރު ވިސްނަންވެސް ޖެހޭ، ކިތަންމެ އެކްސްޕީރިއެންސް ކޯޗުންވެސް މިއަށްވުރެ މާބޮޑެތި ފައިނަލްތަކުގައި އެބަހުރި ބަލިވެފައި، ސުޒޭން އެ އޮތީ ބަލިވުމުގެ ސައްތައިންސައްތަ ޒިންމާ ނަގާފަ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޤައުމީ ޓީމު މި މުބާރާތުގައި ދެއްކީ މޮޅު ކުޅުމެއް، އެންމެ މެޗެއްގެ ނަތީޖާއިން ކޯޗުން ބަދަލުކުރަން ވެއްޖެ ނަމަ، ޓިމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ!!! އެއީ ތަފާތު ސްޓްރެޓެޖީ ތަކަށް ޓީމް ހާނުވައި އެކަންކަމަށް ވަރަށް ވަގުތު ބޭނުންވާނެ. ނޫސް ވެބްސައިޓްތަކުގަ މި ގޮތަށް އެއްޗެހި ގޮވުމަށްވުރެ މާ ރީތިވާނެ ދިވެހިން އެ ދެއްކި ހިތްވަރަށް ތަޢުރީފުކޮށް ރިޕޯޓް ލިޔުނަސް… މި ލިޔުނު ބަޔަކަށް ނޭގުނު ބާ ދިވެހިންނަށްވެސް ތަޖުރިބާ ލިބޭނީ ފުރުސަތު ލިބިގެން… އަމިއްލަ ދަނޑުގައި ދިވެހީން އެކަނި ނޫން ބަލިވަނީ ކީވެސް، މި ލިޔުނު މީހަކަށް ފުޓުބޯޅަ އޮންނަނީ ވަށްކޮން ކަން އެނގޭބާއޭ ހިތަށް އަރާ… ގޯލް ޑިސައިޑް ކުރާނީ ނޫސްވެރިން ޓީވި ބަލާފައެއް ނޫން. މެޗަށް ހުންނާނެ ރެފްރީން ކަނޑައަޅާފަ ޑިޝިޝަން މޭކް ކުރަން.. ޒުވާން، އިންޓަނޭޝަނަލް މަދު އެކްސްޕީރިއެންސް އޮވަރޯލް މަދު ޓީމެއް މިފަހަރު ކުޅުނީ، މަދު ކުޅުންތެރިންތަކެއް ފިޔަވައި، އެހެންވީމާ އަމިއްލަ ދަނޑުގައި ކުޅޭ އިރު ޕރެޝަރުވެސް އޮންނާނެ… ބިދޭސީ ކޯޗެކޭ ކިޔުމުގެ ކުރިން މި ލިޔުން ކިޔާލާތި، ފުރަތަމަ މި ލިޔުނު ބޭފުޅަކު ދަސްކުރަންވީ ފުޓުބޯޅަ އަކީ ކޮބައިކަން… ވަރަށް ސަލާން—– އުންމީދުކުރަން މި ކޮމެންޓު ޕަބްލިޝްކުރަން ކެރޭނެ ކަމަށް –ޙޝ

    • ޔެސް

      ވަރަށ ރަނގަޅެ ވާހަކައެއ. ސުޒެއިނ ބަރާބަރު

    • ސޮރީ ބުރަދަރ

      ކޮމެންޓް ކުރުމުގެ ކުރިން ހިސްޓްރީ ބަލާލުން ރަގަޅު ސުޒޭއަކީ ގައުމީ ޓީމަށް ކޯޗުކަން ކޮއްދިން ފުރަތަމަ ކޯޗެއްނޫން

    • 2018 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ޓީމުގައި ޒުވާން ތަޖުރިބާ މަދު ކުޅުންތެރިން މާގިނަ އެކަމަކު ރަށުން ބޭރުގައި އިނަޑިޔާ ބަލިކޮށް ތަށިގެނައީ އެހެން ވީމަ ތިއީ މުޅިން ހޮޅި ވާހަކަ…މާބޮޑަށް ފުޓުބޯޅަ އެގިފަ ތިހުރެވެނީ

      • ޤައުމީ ކޯޗު

        2018ވަނަ އަހަރު އިންޑިއާގެ ސްކޮޑް އިނގޭތޯ؟ އިންޑިއާއިން ފޮނުވީ 23 އަހަރުން ދަށުގެ ސްކޮޑް….
        އިންޓަނޭޝަނަލލް މުބާރާތެއްގައި ރާއްޖޭގެ ހެޑް ކޯޗުކަން މިއީ ފުރަތަމަ ފަހަރު،، 2013 ވަނަ އަހަރު އަލީ ނާޝިދު އަކީ ކެއާޓޭކާއެއް، 2015 އަދި 2016ގައި އިސްމައިލް މަހްފޫޒް އަކީ ކެއާޓޭކާއެއް، ދެޓް މީންސް ޓެމްޕޮރަރީ ޑިއުޓީ—- އަސްލުވެސް ފުޓްބޯޅަ އެނގިގެން ކޮމެންޓް ކުރީ… ތި މީހުން ހިތް ރުއްސާކަށް ނޫން ކޮމެންޓް ކުރީ….
        ރަނގަޅަށް ބައްލަވާ ދިވެހި ފުޓްބޯޅައިގެ ހިސްޓްރީ…. ސޮރީ ބްރަދާ ކިޔުނު ސޮރަކަށް ހެޔޮ ވިސްނުން ދެއްވާށި…. އުންމީދަކީ އަދިވެސް ގިނަ މައުލޫމާތުތަކެއް ތިބޭފުޅުންނަށް ލިބޭނެ ކަމަށް…..
        އިންޑިއާގެ ސީނިއާ ކުޅުންތެރިން މި މުބާރާތުގައި ކުޅުނު……..

        • ސޮރީ ބްރަދާ

          ސުޒޭން އަކީ ވެސް ތިބުނާ ކެއަރ ޓޭކާއެއް… ދިވެހި ރާއްޖޭގައި އެބަތިބި ކޮލިޓީ ސެޓިފައިޑް ކޯޗުން ސުޒޭން އަކީ ގައުމީ ޓީމަށް އޮޕްޝަނެއް ނޫން… އެފް.އޭ.އެމް ގެ ޕަޕެޓެއް އެއީ … ތިހާ ބޮޑަށް ފުޓްބޯޅަ އެގޭނަމަ އައްސަދު އަލީ ގައުމީ ސްކޮޑު ހިމެނެންވީ ސަބަބެއް ބުނެދީ ބަލަ ބަކާއަށް ސްކޮޑުން ޖާގަ ނުލިބި ސީޔާސީ އެކްޓިވިސްޓަކަށް ޤައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދިން ސަބަބު ބުނެދީ ބަލަ… ތިބޭފުޅާގެ ހިޔާލައް އަހަރެން އިހުތިރާމް ކުރަން.. އެކަމަކު މީހަކުރުއްސުމަށް ހަގީގަތް އޮޅުވައެއް ނުލެވޭނެ .. މީގެކުރިންވެސް ރާއްޖެ އިންޑިޔާ އަތުން ބަލިވޭ އެކަމަކު ވާދަވެރި ކުޅުމަކަށް ފަހު ބަލިވެފަ ހުންނަނީ މިހާ ދައްކުޅުމެއް ނުކުޅޭ …. ދެން ހަމަ ބުނަންވީ ވަރަށް މޮޅޭ ވަރަށް ހިތްވަރު ކުރީ އޭ ކޯޗުގެ ފުރަތަމަ މުބާރާތްވީމަ ތަޖަރިބާ ބޭނުމޭ… އެހެނެއް އެކަމެއްނުވާނެ މި އީ އަހަރެމެންގެ ވެސް ގައުމީ ޓީމު މާދަމާ މެޗެއް ކުޅުނަސް ޓީމަށް ސަޕޯޓުކުރަން ކިޔުގަ ހުރެގެން ޓިކެޓްނަގާގެ ދަނޑަށް ވެސް ދާނާން ބަލިވިޔަސް މޮޅުވިޔަސް ޓީމަށް ސަޕޯޓް ކުރާނަން އެކަމަކު ދަނޑު މަތީގަ މަސައްކަތްކުރަންޖެހޭ ވަރަށް ކުޅުންތެރިން މަސައްކަތް ކުރާތަން ނުފެންނަ ނަމަ ކުޅުންތެރިންނަށް ވެސް ފާޑުކިޔާނަން ކޯޗުގެ ރޭވުންތެރިކަން ފީކަޅާނަމަ ކޯޗައް ވެސް ފާޑުކިޔާނަން … ބްރަދަރ އެއީ އަހަރެމެންގެ ހައްގެކޭ

  2. ބައްސާމު

    ކަލޯ ތީމުޅިން އެހެން ލެވަލެއް. ބާސެލޯނާ ނޫނީ ރިއަލް
    މެޑްރިޑް އަށް ކޯޗުކަން ކޮށްދީފަތަ ތި އައީ. ގައުމީ ޓީމު ހަވާލުކުރަން ވީ.

  3. ހިޔާލު

    ޚިޔާލަކީ ތަފާތު އެއްޗެއް…. ތިލިޔުން ކިޔާލުމުން ދޭހަވަނީ މުބާރާތް ދިޔަގޮތް ސިފަކޮއްދޭން ލިޔުންތެރިޔާ މަސައްކަތް ކޮއްފަ އިންކަން… ދިވެހި ފުޓުބޯޅަ ކުރިނާރާ އެއް ސަބަބު ކުޅުންތެރިންނަށް އަބަދު ސަނާކިޔުން، އެހެޔޮ ނުކުޅެވުނަސް
    ކުޅުންތެރިންނަށް ވެސް ކޯޗަށް ވެސް ފާޑުކިޔެންޖެހޭ ޕާފޯމް ނުކުރެވެޏާ… މި މުބާރާތުގައި ޗެތުރީގެ ކުޅުން ބަލާލީމަ އެބައެގޭ އުމުރުން 37 އަހަރުގަވެސް ޓީމަށް މުހިން ކުޅުންތެރިޔަކަށް ވެވިދާނެކަން… އަޑުބަރޭ ސްކޮޑުގައި ހިމަނައި ފުރަތަމަ އެގާރައިގައި ކުޅެން އެރުވި ހިސާބުން ސުޒޭން ފެއިލްވެއްޖެ… އެއްވެސް އަޚްލާގެއް ނެތް ސިޔާސީ އެކްޓިވިސްޓަކު ގައުމީ ޓީމަށް އެރުވި ހިސާބުން ސުޒޭން މެން މިފަދަ މަގާމަކަށް ތައްޔާރު ނޫންކަން ސާބިތުވެއްޖެ… ބަޔަކު ކިޔާނެ ފާޑުކިޔުމަކަށް ނުބަލާ ހައްގުބަސް ބުނަން ކެރެންޖޭހެ.. ހުވަދު ނިއުސްގެ ފަރާތުން ތިކުރާ މަސައްކަތަށް ޝުކުރިއްޔާ..

    • ވަޠަން

      މި ކޮމެންޓް ކިޔާލީމަ އެނގިއްޖެ މީ ލިޔުންތެރިޔާގެ ކޮމެންޓެއް ކަން … ހައްހައް ލޮލް

    • މަހުލޫފް

      ރަނގަޅު ވާހަކައެއް. އެކަމަކު ބައެއް ކަންކަމަކީ މި ގޮތަށް ލިޔުމަށް ވުރެ ހިތުގަ ބާއްވަން ރަނގަޅު ވާހަކަ ތަކެއް.

  4. ސުޒޭން

    ރާއްޖެޓީމަށް ރަގަޅު ކުޅުމެއް ދެއްކުނީ ބަންގާޅު މެޗުގައި އެކަނި… ކުޅުންތެރިން ހިއްވަރުލުރި ކޯޗަކު ނެތަސް އިންޑިޔާ މެޗުގައި އެކުޅުނު ފީކަޅާ ކުޅަމަށްވުރެ ރަގަޅު ދިވެހިޓީމަށް ކުޅެވޭނެ

  5. އިމްރާން

    ހަމައެކަނި ރާއްޖެޓީމް މާލޭގައި ކުޅޭ މެޗުތައް އެކަނި ބެލިޔަސް ކަމަކުނުދާނެ…މީގެ ކުރިންވެސް ދިވެހި ކޯޗުން އެބަހުރި ކެއަރ ޓޭކާރ އެއްގެ ގޮތުގައި ވާދަވެރި މެޗުތަކަށް ނުކުމެ މޮޅަށް ކުޅެފަ އިންޑިޔާއަށް ވުރެ މާ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް މައްސަލަޔަކީ ދިވެހި ކޯޗެއް ނޫން މޯހަން އިންމަ ނިޒާމެން މާބޮޑަށް ވެސް ތަފާތުވީސް ސުޒޭން ތީ އަގައިން ކޯޗުކޮއްދޭން މޮޅު ސޮރެއް

  6. ނޫސް

    ބިނާކުރުވަނިވި ފާޑުކިޔުން ރަގަޅު… އަބަދު ސަނާކިޔާކަށް ނުޖެހޭ… ސްޒޭންގެ ފޭނުން ބައްސާމުގެ ފޭނުން ވީ އެދެމީހުން ކޮޑަށް އަރުވާގެން މާލެވަށާ ދެއިރު ދެދަޅަޔަށް ދުވަން… އޭރުން ދެންފަހަރަކުން ރަގަޅުވާނެހެން ހީވަނީ

  7. އަކުރަމް

    ކުޅުންތެރިން ހިއްވަރުކުރި އެފް.އޭ.އެމް ގެ ނުފޫޒު މާބޮޑީ ޓީމުގައި

  8. ލަންކާ ޓީމް

    ލަންކާ މެޗުގައި ދިވެހިޓީމު މެޗުނިމެން ދިޔައިރު އުޅުނީ މަރުފަލި ޖަހާފައި ސަޕޯޓަރުން ތިބެންޖެހުނީ ނޭވާ ހިފަހައްޓާލައިގެން