އާންމު ރައްޔިތަކަށް ފުލުހުން ހަމަލާދޭ ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވަން ފަށައިފިއެވެ.
މީސްމިޑިޔާގައި ދައުރުވާ ވީޑިޔޯއިން ފެންނަ ގޮތުގައި އައްޑޫސިޓީ ހިތަދޫ އީދިގަލި ކުޅީގައި އަޅާފައިވާ ކުޑަވަރެއްގެ ފާލަމެއްގެ މަތީގައި މީހަކު ހުއްޓާ ފުލުހުންގެ ދެއޮފިސަރަކު އޭނަޔާ ވާހަކަ ދައްކާ މަންޒަރު ފެނިގެންދެއެވެ. ވާހަކަ ދައްކަމުން ގޮސް އެދެފުލުހުން އެމިހާއަށް ހަމަލާދޭ މަންޒަރު ރިކޯޑްކުރުމަށްފަހު މިވަނީ މީޑީޔާއަށް އާންމުކޮށްފައެވެ.
— Hussain shareef (@Jerrikow) October 14, 2021
ދެފުލުހުންގެ ތެރޭގައި އަންހެން ފުލުހަކުވެސް ހިމެނެއެވެ. އެމީހާ އެތަނުން ދާން އުޅުމުން ބިންމައްޗަށް ވައްޓާ ބޫޓުން ތެޅުމުގެ ސަބަބުން އެމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
މީގެކުރިންވެސް އައްޑޫސިޓީގައި މިފަދަ ހާދިސާއެއް ހިގާފައިވެއެވެ. އެގޮތުން މީގެ ދެދުވަސް ކުރިން އައްޑޫއަށް ދިޔަ އެހެން ރަށެއްގެ މީހަކަށް ފުލުހުން އަނިޔާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
ބައެއް ފުލުހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް މިވަނީ ފުލުހުންނަށް އަމާޒުކުރެވިފައެވެ.
ފުލުހުން އާންމު ރައްޔިތުންނަށް ހަމަލާދިނުމަކީ ރާއްޖޭގައި މިހާރަކަށް އައިސް ފެންނަމުންދާ މަންޒަރެކެވެ. ރައްޔިތުންގެ ހިމާޔަތުގައި ތިބޭ މީހުން ރައްޔިތުންނަށް ހަމަލާދިނުމުން މިމުޖުތަމައުގައި ރައްޔިތުންނަށް އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނޯންނާނެއެވެ.