ޚަބަރު
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ، މިތަކެއްޗަކީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް އެކި މައްސަލަތަކުގައި ހިފަހައްޓާފައިވާ ތަކެތި ކަމަށާއި، މިތަކެތި ނައްތާލާފައިވަނީ 14 އޮކްޓޯބަރ 2021 ވަނަ ދުވަހު ކ.ތިލަފުށީގައި ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި ކަމަށެވެ.

އެގޮތުން ނައްތާލާފައިވަނީ، 5040 ބަނގުއާވި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއްވިއެވެ.

މިތަކެތި ނައްތާލާފައިވަނީ، ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!