ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 5 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ދާދި ދެންމެެއަކު ނެރެފައިވާ އަދާހަމައިން ދައްކާ ގޮތުގައި އެރަށުން އިތުރު 5 މީހަކު މިއަދު ފައްސިވެފައިވާއިރު އިތުރު މީހަކު ބަލިން ފަސޭހަވެފައި ނުވެއެވެ. އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 22 އެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއްވި ގޮތުގައި މިއަދު އެރަށުން ފައްސިވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ގައި ފާހަގަ ކުރެވިފައިވާ 5 މީހެކެވެ.
ތިނަދޫއިން ޖުމްލަ 1024 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 997 މީހެކެވެ.
ތިނަދޫ ކޮވިޑް ފެސިލިޓީގައި ކޮވިޑް ބައްޔަށް ފަރުވާދެމުން ދަނިކޮށް މިހާތަނަށް 6 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް 4590 މީހަކު ޖަހާފައިވާއިރު، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 4345 މީހެކެވެ.