ގދ މަޑަވެލީގެ ދަނޑުވެރިންނަށް އޮންލައިން ކްލާހެއް ބާއްވައިފި އެވެ.
މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި މަޑަވެލީ ކައުންސިލް ގުޅިގެން އިންތިޒާމް ކޮށްގެން މިއަދު ކުރިޔަށް ގެންދިޔަ ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ ކަލާހަކީ އެ ރަށުގައި ތިބި ގޭގައި ގަސް އިންދުމާ ޕޮޓްގައި ގަސް ހެއްދުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒު ކޮށްގެން އެއް ދުވަހަކު މުއްދަތަށް ބޭއްވި ކްލާހެކެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ނަދީމާ މުޙައްމަދު ވިދާޅުވީ 20 ފަރާތަކުން ބައިވެރިވި އޮންލައިން ކްލާހުގައި ދަނޑުވެރިކަމާބެހޭ ތަފާތު މަޢުލޫމާތުގެ އިތުރުން ގޭގައި ގަސް އިންދާ އަދި ޕޮޓްގައި ގަސް ހެއްދުމުމުގައި އެނގެން މުހިންމު މައުލޫމާތާއި ފަސް ހެއްދުމުގައި ދިމާވާ މައްސަލަ ތަކުގެ މައުލޫމާތު ބައިވެރިންނަށް ލިބިގެން ދިޔަ ކަމަށާއި މިފަދަ މަޢުލޫމާތު ދިނުމުގެ އިތުރު ކްލާސްތައް ކުރިޔަށް އޮތް ތަނުގައި ވެސް ގެންދަން ހަމަޖެހިފައިވާކަމަށެވެ.
މަޑަވެލި ކައުންސިލް އިދާރާގައި ކުރިޔަށް ދިޔަ އޮންލައިން ކުލާހުގައި މައުލޫމާތު ދެއްވީ ދަނޑުވެރިކަމުގެ ފަންނީ ހުނަރުވެރިއެއް ކަމުގައިވާ ގދ ފަރެސްމާތޮޑާ މުޙައްމަދު ނިޔާޒް އެވެ.