ކުޅިވަރު
ޤައުމީ ޓީމަށް އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް

އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ވޯލްޑްކަޕް ކޮލިފައިން މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަގްޒަމްބަރގް އާއި ދެކޮޅަށް ކާމިޔާބިކުރި 3 ގޯލާއި އެކު ޤައުމީ ޓީމަށް އެންމެގިނަ ހެޓްރިކް ކާމިޔާބު ކުރުމުގެ ޝަރަފް ރޮނާލްޑޯއަށް ލިބިއްޖެއެވެ. 0-5 ޕޯޗުގަލް ކަމިޔާބު ކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ދެ ގޯލަކީ ޕޯޗުގަލް ޓީމަށް ލިބުނު ދެ ޕެނަލްޓީ އިން ( މެޗު 08 މިނެޓް އަދި 13 މިނެޓްގައި ) ކާމިޔާބު ކުރި ދެ ގޯލެވެ. އަދި މި މެޗުގައި ރޮނާލްޑޯ ހެޓްރިކް ފުރިހަމަ ކޮއްފައިވަނީ 87 މިނެޓްގައި ކަމިޔާބުކުރި ގޯލަކުންނެވެ.

115 ގޯލާއި އެކު ޤައުމީ ޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރުމުގެ ރެކޯޑު ދަމަހައްޓަމުން އަންނަ ރޮނާލްޑޯ، ޕޯޗުގަލްގެ ޤައުމީ ޓީމަށް އެންމެ ފުރަތަމަ ހެޓްރިކް ކާމިޔާބުކުރީ 2013 ވަނަ އަހަރު ނޮދަން އަޔަލެންޑާއި ދެކޮޅަށެވެ. އޭގެ ފަހުން ސްވިޑެން، އަރްމޭނިޔާ، އެންޑޯރާ، ފެރޯ އައިލެންޑް، ސްޕެއިން، ސްވިޒަލެންޑް، އިތުރުން ލިތުއޭނިޔާ އާއި ދެކޮޅަށް 2019 އަހަރު ކާމިޔަބުކުރި 02 ހެޓްރިކާއި އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކާމިޔާބުކުރި ހެޓްރިކްގެ އަދަދު ވަނި ދިހަޔަކަށް އަރާފައެވެ.

މީގެ އިތުރުން މިހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އެކުވެރިކަމުގެ މެޗެއްގައި ޕޯޗުގަލް އާއި ޤަތަރު ބަދަލުކުރި މެޗަކީ ވެސް އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ރޯނާލްޑޯއަށް ޚާއްސަ މެޗެކެވެ. 0-3 ޕޯޗުގަލް ކާމިޔާބުކުރި އެމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލާއިއެކު ރޮނާލްޑޯ ވަނީ ތަފާތު 46 ޤައުމަކާއި ދެކޮޅަށް ގޯލް ކާމިޔާބު ކޮއްފައެވެ. އަދި މި މެޗަކީ ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅެދި 181 މެޗެވެ. މި އާއި އެކު ރޮނާލްޑޯ ހިމެނިގެން ގޮސްފައިވަނީ ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮންނަނީ ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް އަތުގައެވެ. ރާމޯސް ވަނީ މިހާތަނައް ސްޕެއިންގެ ޤައުމީ ޓީމަށް 180 މެޗު ކުޅެދީފައެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ވޯލްޑްކަޕް ކޮލިފައިންގެ ފާހަގަކޮއްލެވޭ އެހެން މެޗުތަކުގެ ނަތީއްޖާތަކަށް ބަލާއިރު، ޕޮލެންޑް އަލްބޭނިޔާގެ މައްޗަށް 1-0 ކުރިހޯދި އިރު ޑެންމާކު ވަނީ އޮސްޓްރިޔާ 0-1 ބަލިކޮށް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ކޮލިފައިވެފައެވެ. މީގެ އިތުރުން އިންގްލެންޑް ހަންގޭރީ ބަދަލުކުރިމެޗު 1-1 އެއްވަރުވެފައިވާއިރު މި މެޗަކީ 2016 އަހަރުން ފެށިގެން ވޯޑްކަޕް ކޮލިފައިން މެޗެއްގައި އިންގްލޭންޑް ގެ ފޯވާރޑް ހެރީ ކޭން އަށް ގޯލެއް ކާމިޔާބު ނުކުރެވުނު ފުރަތަމަ މެޗެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!