11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ބޮޑުބޭބެ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ނޯތު ޕޮލިސް ޑިވިޒަން (ނ،ރ،ބ،ޅ) ގައި ހިމެނޭ ރަށެއްހައި އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެރޭ ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
ނަމަވެސް، ނ. ވެލިދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް މީގެ 5 ދުވަސް ކުރިން ފެންމަތިވެ އެމައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލުން 11 އަހަރުގެ ކުޑަކުއްޖާގެ މެޑިކަލް ޗެކްއަޕް ނުހެދިފައިވާ ކަމަށާއި، އެހާދުވަސް ވެގެންދިޔައިރުވެސް އެކުއްޖާއާ ބެހުނު ކަމަށް ބުނާ އެކުއްޖާގެ ބޮޑުބޭބެއް ހައްޔަރުނުކޮށް މުޖުތަމައުތެރެއަށް ދޫކޮށްލެވިފައިވާ ކަމަށް ވާހަކަދެކެވިފައިވެއެވެ.
އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދެއްވި ގޮތުގައި މިހާރު އެކުއްޖާއާ ބެހުނު ބޮޑުބޭބެ ހައްޔަރުކޮށްފައިވީ ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ހައްޔަރުކޮށް ތަހުގީގުކޮށް ހުކުމް ކުރިޔަސް 00 ޓޮލޮރެންސުގެ ދަށުން ބަހައްޓާނީ ގޭގަ