ޚަބަރު
މަހުމޫދުގެ މަރާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު ރަހުމުކުޑަ ގޮތަކަށް މަރާލާފައި ގޯންޏަކަށް ލުމަށްފަހު ފަޅުގެއެއްގެ ފެންވަޅެއްގެ ތެރެޔަށް އެއްލާލާފައި އޮތް އދ.ދަނގެތީ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު ގެއްލިގެން ހޯދަމުންދިޔައިރު ފެނުނީ މަހުމޫދުގެ ފުރާނަ ނެތް ހަށިގަނޑު އެއްލާލާފައި އޮތްވާއެވެ. މިމައްސަލަޔާއި ގުޅިގެން ފުލުހުން ވަނީ އެރަށު ގެއެއް ބަލާ ފާސްކޮށްފައެވެ. އެގެޔަކީ މުސްކުޅި ދިވެހި ފިރިހެނަކާއި އޭނާ ބަލަހައްޓާ ބިދޭސީ މީހަކު ދިރިއުޅެމުންދާ ގެއެކެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބިދޭސީ މީހާ އެރަށުގައި ދިރިއުޅޭތާ މިހާރު 4 އަހަރުވެދާނެ ކަމަށާއި އެމީހާ ދިރިއުޅޭ ގޭގައި ޝައްކުވާ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން އެރަށު މީހަކު ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި މަހުމޫދު ގެއްލުނުރޭ 21:15 އެހާކަންހާއިރު އެގެއިން އަޑެއް އިވިގެން އެގޯތިތެރެޔަށް ބޯދިއްކޮށްލިއިރު ބިދޭސީ މީހާ އެއްޗެއް ބިންމަތީ ދަމަމުން ގެންދިޔަ މަންޒަރެއް ފެނިފައިވެއެވެ. އެހެންނަމަވެސް “ވަގުތު” މީޑީޔާއިން އެމީހާއާ ސުވާލުކުރުމުން ފުލުހުންނަށް އެމައުލޫމާތު ދިން މީހާ ބުނެފައިވަނީ އެއްވެސް މަންޒަރެއް ފެނިފައި ނުވާ ކަމަށެވެ.

މަހުމޫދުގެ މަރާއި ގުޅުންހުރިކަމަށް ޝައްކުކުރެވޭ ތިންމީހަކު ދަނގެތީގެ ރައްޔިތުންވަނީ ފުލުހުންގެ އިދާރާއަށް ގެންގޮސްފައެވެ. އެހެންނަމަވެސް މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބިދޭސީމީހެކެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު އޭނަގެ އެއްވެސް ސާމާނެއް ފެނިފައެއް ނުވެއެވެ. އާއިލާއިން މައުލޫމާތުދިން ގޮތުގައި މަހުމޫދުގެ ވޮލެޓްގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެކަމަށާއި ވޮލެޓާއި، ރަންޕްލެޓް ގަޑި އަދި ގުދަނުގެ ތަޅުދަނޑިވެސް އަދި ނުފެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!