ޚަބަރު
އެންމެން ގުޅިގެން ތިނަދޫގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރަނީ

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ގައި ތިބި ޙަރަކާތްތެރި ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުނަސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ޚާއްޞަ ޙަރަކާތްތަކެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މިމަހުގެ 22 ވަނަ ދުވަހު ތިނަދޫގައި ބޭއްވުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި މަސް ރޭސް މުބާރާތަކާއި ފެތުމުގެ މުބާރާތަކާއި އަންހެނުންގެ ހޭންޑްބޯޅަ މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ގެ އިތުރުން މިއުޒިކް ޝޯވއަކާއި ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ދުވުމެއް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ތަފާތު ގިނަ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ތިނަދޫ ގައި މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އެއް ޓީމެއްގެ ގޮތުގައި ބައިވެރިވާ ޖަމްޢިއްޔާ ތަކަކީ ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ), ހުވަދޫ ރެކްރިއޭޝަން (އެޗްއާރް), ހުވަދޫ އެސޯސިއޭޝަން ފޯރ ނޭޝަނަލް ޑިވެލޮޕަމަންޓް (ހޭންޑް), ހަވަރު ސްޕޯޓްސް ، ރައުހަތު ސްޕޯޓްސް ، ހުވަދޫ ބެޑްމިންޓަން ކްލަބް(އެޗްބީސީ) ، ތިނަދޫ އެސޯސިއޭޝަން ފޮރ ޔޫތު ޑިވެލޮޕަމަންޓް އެންޑް އެންޕަވަރމެންޓް (ޓޭޑް) ، ތިނަދޫ ޔޫތު ފުޓްބޯޅް ކްލަބް (ޓީވައި އެފްސީ) އަދި ސްޕޯޓްސް ކްލަބް ޔުނީކް(އެސްސީޔޫ) އާއި ސްކީމް- ތިނަދޫ ބްރާންޗް އެވެ.

ޒުވާނުންގެ ދުވަސް ކުލަގަފަކޮށް ފާހަގަ ކުރުމުގެ ހަރަކާތް ތަކުގައި ސްކައުޓް އެސޯސިއޭޝަން ބައިވެރިވެ އެވެ.
7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ތަކަކީ އިވެންޓް ކާސްޓް، ހުވަދޫ ނިއުސް އަދި ގާފު ގެ އިތުރުން އޭއޯ ނިއުސްއެވެ.

ޒުވާނުންގެ ދުވަސް މިފަހަރު ރަސްމީކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުށީ ގައެވެ.

Comment