ޚަބަރު
215 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ 215 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި ރ. މަޑުއްވަރީއަށް ނިސްބަތްވާ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދުވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ރޭގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ޕޮލިހާއި، ފޮރެންސިކް ޑިޕާޓްމަންޓާއި، ރ އަތޮޅު ޕޮލިސް ސްޓޭޝަން އަދި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ކަމަށްވެސް ސީޕީ ހަމީދު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 215 ކިލޯގެ ހެރޮއިން އަތުލައިގަތް މިއޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމުގައި އެމް.އެން.ޑީ.އެފްގެ އިތުރުން އިންޑިއާ ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ސީޕީ ހަމީދުވަނީ ޝުކުރު އަދާކޮށްފައެެވެ.

އޭގެ އިތުރުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ 13 ވަނަ ދުވަހުވެސް ވަނީ 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އެތަކެތި ހޯދާފައިވަނީ ފަޅުރަށަކުން ކަމަށާއި އެއީވެސް ހެރޮއިން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!