ޚަބަރު
ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީ އެއް އުފައްދަނީ

“ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ” ރަޖިސްޓްރީކުރަން ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

ޤައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރެވެން އޮތީ ޕާޓީ ނިޒާމުގެ ތެރެއިން ކަމަށްފެންނާތީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

އަބްދުﷲ ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށާއި، އަދި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.

ދާދި ފަހުން އެމްއާރުއެމް އިން ވަކިވެވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީން، އައު ސިޔާސީ ޕާޓީއެއް ހަދަން ހުށަހަޅާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް އުފަންވާން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަަދަވެފައެވެ.

އެގޮތުން ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް) ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ވަނީ ހަމަކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!