މާލޭގެ ޕްރީސްކޫލެއްގައި ކިޔަވަމުންދާ 4 އަހަރުގެ އަންހެން ކުއްޖަކަށް އެތަނުގެ މުވައްޒަފަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގެ ޕްރީސްކޫލެއްގައި ކިޔަވަމުންދާ 4 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކޮށްފައިވަނީ އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއް ކަމަށާއި، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ސްކޫލްގެ ފާހާނާ ތެރޭގައި ކަމަށެވެ.
އެކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ސަބަބުން އެކުއްޖާއަށް ލިބުނު ޖިސްމާނީ އަނިޔާތަކަށް ހޮސްޕިޓަލުގައިވެސް ފަރުވާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތެއްވަނީ ނުވެފައެވެ.
ތިޔަދެން ވ. ބަރާބަރު އަންހެނުން އެމީހުންގެ ޙައްގު ހޯދަނީ އަބަދުވެސް ފިރިހެނުން ގޯސްކުރާނެ މިހާރުދެން އެއްވަރުވެެއްޖެ.އަންހެން ފިރިހެން