ޚަބަރު
100އަށްވުރެ ގިނަ ބާވަތްތަކާއެކު ހޯޑެއްދޫގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން ގދ.ހޯޑެއްދޫގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ.

މިއީ ހޯޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު 100އަށްވުރެ ގިނަ ބާވަތުގެ ކާބޯތަކެތި ހިމަނައިގެން ބޭއްވުނު މައުރަޒެކެވެ.

“ހުވަދޫ ނިއުސް”އަށް މައުލޫމާތު ދެއްވަމުން ޑަބްލިޔު.ޑީ.ސީގެ ރައީސާ ދީނިޔާ ވަހީދު ވިދާޅުވީ ހޯޑެއްދޫގައި މިއަދު ހަވީރު 16:00 އިން 18:00އަށް އެރަށު “ވަޑިން ދެހަރޭ”ގައި ކުރިޔަށް ގެންދިޔަ މިމައުރަޒުގައި 26 ފަރާތަކުން 100 އަށްވުރެ ގިނަ ކާބޯތަކެތި ތައްޔާރުކޮށް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރޭގައި ސަޤާފީ ކެއުންތައްވެސް ހިމެނިގެން ދިޔަ ކަމަށެވެ.

މިމައުރަޒާ ބެހޭގޮތުން ވާހަކަ ދައްކަމުން ދީނިޔާ ވިދާޅުވީ މިމައުރަޒުގައި ހިމެނުނު ކާބޯތަކެތީގެ ތެރެއިން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 800 ރުފިޔާގެ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މިމައުރަޒު ބޭއްވުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައި ވާކަން ފާހަނގަކޮށް ދީނިޔާ ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިދަނޑިވަޅުގައި ހޯޑެއްދޫ ޑަބްލިޔު.ޑީ.ސީގެ ފަރާތުން އެރަށު ކައުންސިލަށް ޝުކުރުއަދާކުރެއްވިއެވެ.

ހޯޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނިމިދިޔަ ދައުރެކޭ އެއްފަދައިން މިދައުރުގައިވެސް މެމްބަރުންގެ އަމާޒަކީ ރަށުގެ ތަރައްޤީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމާއެކު ރައްޔިތުންނާއި ބައިވެރިވެގެން މުސްތަޤުބަލުގައިވެސް މިކަހަލަ ގިނަ ހަރަކާތްތަކެއް ހިންގާ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ކަމުގައި ދީނިޔާ ވިދާޅުވިއެވެ.

މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމަށްވާތީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ މިދުވަސް ފާހަނގަކުރަމުންނެވެ. އެގޮތުން އދ.މަހިބަދޫގައިވެސް ވަނީ ކާބޯތަކެތީގެ މައުރަޒެއް ބާއްވާފައެވެ. އަދި ލ.ފޮނަދޫގައި މިދުވަސް ފާހަނގަކުރުމުގެ ގޮތުން ރުއް އިންދުމުގެ ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. އެގޮތުން ފޮނަދޫގައި މިއަދު ހެދުނު 100 ރުއް އިންދާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!