ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޑް ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފިއެވެ.
ބެންކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން އެބެންކުގެ ކާޑު ބޭނުންކޮށްގެން ބޭރުގައުމުތަކުގައި ވިޔަފާރިކުރެވޭ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލް އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑް، ވިސާގެ ގޯލްޑް އަދި ކްލެސިކް، މާސްޓަރކާޑްގެ ސްޓޭންޑާރޑް އަދި ގޯލްޑް ކަސްޓަމަރުންނަށް ކްރެޑިޓް ލިމިޓް 500 އިން 750އަށް އިތުރުކޮށްފައިވާކަމަށެވެ.
Change to the Foreign Transaction limit on BML Credit cards.
More details: https://t.co/dlQEspHBtO
FAQs: https://t.co/lQghuY8een pic.twitter.com/gXgyj7I1HD— Bank of Maldives 🎀 (@bankofmaldives) October 17, 2021
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދު ދަށަށް ދިޔުމުން މިއަދަދު މީގެ ކުރިން އިނީ ލިމިޓްކޮށްފައެވެ. އަދި މިދިޔަ ޖުލައިމަހު 500 ޑޮލަރަށް މިލިމިޓް އިތުރުކޮށްފައިވާ ކަމަށާއި މިއަދުން ފެށިގެން 750ޑޮލަރަށް ވިޔަފާރި ކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ބީއެމްއެލްގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޑޮލަރު އެކައުންޓް ބޭނުންކުރާ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް 3000 ޑޮލަރު ނެގޭއިރު ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާގެ އެކައުންޓް ގެންގުޅޭ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް ލިބޭނީ 250 ޑޮލަރެވެ.