ޚަބަރު
ކޮވިޑް ބަލީގައި ތިނަދޫއިން 3 މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ތުއްތު ކުއްޖަކު ތިނަދޫއިން ނިޔާވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ތުއްތު ކުއްޖާގެ އާއިލާއިން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވި މީހަކު ބުނީ، ކުއްޖާ ރޭ ފަތިހު ފެސީލިޓިއަށް ގެންދިއުމުން ކުއްޖާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން 4 ގަޑިއިރު ވެގެންދިޔަ އިރުވެސް އެކުއްޖާއަށް ފަރުވާ ދެވިފައި ނުވާ ކަމަށާއި، އޮކްސިޖަން ދޭން ފަށާފައިވަނީ ކުއްޖާ ރެސްޕޯންޑް ކުރުން ހުއްޓާލިފަހުން ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާލިމް އަލީއަށް ގުޅާލުމުން ވިދާޅުވީ، ތުއްތު ކުއްޖާ ފެސިލިޓީއަށް ގެނެސްފައިވަނީ، ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!