ޚަބަރު
އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަކޮށް ޚިދުމަތްދޭ ސެންޓަރެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

މިސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަމުން އެހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނަޒީރު ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންގެ ހާއްސަ ބަލިތަކަށް ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ ނިސްބަތަށް ބަލާލާއިރު އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު މަދު ނޫންކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުގައި މިފަދަ ސެންޓަރެއް ޤާއިމުވެގެން ދިޔުމަކީ އެހޮސްޕިޓަލަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެދުނު 8 އިން ރޭގަނޑު 8އަށް ލިބިގެންދާނެއެވެ.

ނަޒީރު އިތުރަށް ވިދާޅުވި ގޮތުގައި އެހޮސްޕިޓަލް ހުޅުވިގެން މިހާތަނަށް އައިއިރު ސިއްޙީ ދާއިރާގައި ތަފާތު ދައްކާފައިވާ ކަމަށާއި މިވީ ކުރުމުއްދަތުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތައް އެހޮސްޕިޓަލްގެ ޒަރީއާއިން ތައާރަފްކުރެވިފައިވާކަމަށެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީގެ ޚިދުމަތްތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް މެނޭޖްކުރުމުގައި ހިއްސާވާ 4 ކުންފުންޏަކީވެސް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކެއް ކަމަށް ނަޒީރުވަނީ ފާހަނގަކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!