ވާހަކަ
ދެހަށި އެއް ފުރާނަ-05

ނަވާލް ފާޚާނާ ތަޅުދަނޑި ހިފައިގެން އައިސް ހުޅުވާލުމުން ސަރާ އާ ނަވާލްއަށް ލިބުނީ ޝޮކެކެވެ.

” އާނާ!” ސަރާއަށް ރޮވުނެވެ.

އާނާ އަތުން ފޭބި ލޭތަކުން ފާޚާނާ ތަޅުންގަނޑު އޮތީ ފުރާލާފައެވެ. މޫނުދޮންނަ ތަށީގައި ލެގިލައިގެން އިން އާނާގެ އެއްވެސް ހޭވެރިކަމެއްނެތެވެ.

“ނަވާލް! އަވަހަށް ހިގާ އާނާ ގޮވައިގެން ހޮސްޕިޓަލަށް” ސާރާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

“އަހަރެން އަންނާނަން މަންމަ އަށް ގޮވާލާފައި.” މިހެންބުނެ ނަވާލް ދިޔައީ އޭނަ މަންމައަށް ގޮވާށެވެ. މަންމަ ހުރީ ޑިއުޓީގައެވެ. މަންމަ ގޭގައި ނެތުމުން ނަވާލް މަންމަ އަށް ގުޅާފަ ވެގެންއުޅޭގޮތް ކިޔައިދިނެވެ. ނަވާލް ކައިރީ އާނާ ގޮވައިގެން ހޮސްޕިޓަލަށް އަންނަން ބުނުމުން ނަވާލް އެދުނީ މަންމަ އާނަ ހޮސްޕިޓަލަށް ގެންގޮސްދިނުމަށެވެ.

އެރޭ އާނާ ހޮސްޕިޓަލަށް ގެންދިޔައީ ނަވާލްގެ މަންމަ އާއި ސާރާއެވެ. ނަވާލްއޮތީ ގޭގައި ނިދާށެވެ. ދެދުވަހު ހޮސްޕިޓަލުގައި އޮތްއިރުވެސް އާނާ ކައިރިޔަށް ނަވާލް ނުދެއެވެ. ނަވާލްއަށް މިއައި ބަދަލާމެދު ނަވާލްގެ މަންމަ ވެސް ހުރީ ހައިރާންވެފައެވެ.

އާނާ ނަވާލްގެ ލޯތްބަށް އެދި ނަވާލް ކައިރީ އާދޭސް ކުރަމުންދިޔައިރުވެސް ނަވާލްގެ ހިތެއް ބަދަލެއްނުވިއެވެ. ނަވާލް ލޯބިވަނީ ސާރާދެކެ ކަމަށް ފާޅުގައި ބުނަމުނދިޔައެވެ. ސާރާވެސް ހުންނަނީ މިކަމާ ވަރަށް ރުޅިއައިސްފައެވެ. އެދުވަހަށްފަހު ސާރާ ނަވާލްއާއި އަގައިންވެސް ނުބުނެއެވެ. ސާރާ ބޭނުންވީ އާނާ ގޮވައިގެން ވީހާވެސް އަވަހަށް ފުރާށެވެ.

މާލެ އައިސްވެސް އާނާ ނަވާލްއަށް ގުޅިއެވެ. ނަމަވެސް ނަވާލް ފޯނަށް ޖަވާބުނުދެއެވެ. މިކަމާ އާނާ ހުންނަނީ މާޔޫސްވެފައެވެ. ސާރާ އާނާ އަށް ވަރަށް ނަސޭހަތްދެއެވެ. ނަވާލް އާދޭތެރޭ ވިސްނާ ވިސްނާ އާނާ ބަލިވާން ފަށައިފިއެވެ. ހަދާނެގޮތެއް ނޭގިގެން ސާރާ އާނާގެ ފޯނުން ނަބީލްގެ ނަންބަރު ހޯދައިގެން ހުރިހާ ވާޙަކައެއް ނަބީލްއަށް ކިޔައިދިނެވެ. އާނާ ބަލިވަމުންދާ ވާހަކަ އާއި ވަޒީފާއަށްވެސް ފަރުވާކުޑަވަމުންދާ ވާހައެވެ.

މިހުރިހާ ވާހަކައެއް އަޑުއަހާފައި ނަބީލް ނިންމީ އާނާގެ ގާތަށް މާލެ ދިއުމަށެވެ. ދީމާ ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔާފަ ނަބީލް ހަފްތާއަކަށް މާލެ ދިޔައެވެ.

ހަވީރުގެ ވަގުތެކެވެ. އާދައިގެ މަތިން އާނާ އިނީ އެމީހުން ކޮފީއަށް އަރާ ކަޑައިގައި ކޮފީއެއް ބޯލާށެވެ. މޭޒުމަތީއޮތް ފޯނު ރިންގުވާކަން އާނާއަކަށް ނޭގެއެވެ.

“ތިފޯނު ނަގާބަ!” އާނާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތިން ނަބީލް ފެނުމުން ހައިރާންވެސްވިއެވެ.

“ނަބީލް! ކޮންއިރަކު އައީ.” އާނާ އަހާލިއެވެ.

“އަހަރެން އައިސްހުންނަތާ ކިހާއިރެއް. މިތާހުރެގެން އާނާއަށް މިގުޅަނީވެސް. އެކަމަކު ތިއިންނަނީނު ޖެހި ބުދެއްހެން.ކިހިނެއްވީތަ؟” ގޮޑިއެއްގައި އިށީންނަމުން ނަބީލް ބުނެލިއެވެ.

“ކަމެއްނުވޭ.” އާނާ ފާޑަކަށް ބުނެލިއެވެ.

ކަންތައް ހިގާދިޔަގޮތް އެގިހުރެ ނަބީލް އެހުމުންވެސް އާނާ ނަބީލްއަށް ސިއްރުކުރީއެވެ. އެކަމާ ނަބީލް ވަރަށް ދެރަވިއެވެ.

“އާނާ މިހާރު ހާދަ ދުރުވެއްޖޭ. ކަމެއް ދިމާވިޔަސް ނުބުނޭ. އަހަރެން މީ އެހާވެސް ދުރު މީހެއްތަ؟” ނަބީލް އަހާލިއެވެ.

ޖަވާބުގައި އާނާ ހިނިތުންވެލިއެވެ.

“މިހާރު ބިރުގަނޭ އެއްވެސް މީހަކާ އެހާ ގާތްގުޅުމެއް ބާއްވަން.”

“އަހަންނާވެސްތަ؟” ނަބީލް ކޮށްލީ ސުވާލެކެވެ.

” ހުމް..!” އާނާ މިހެން ބުނުމުން ނަބީލް ފެންކަޅިވެފައި އާނާއަށް ބަލާލިއެވެ.

“އެއީ ކީއްވެ!”

” އަހަރެން ނަބީލްއާ އެހާގާތް ގުޅުމެއް ބާއްވާތީ ނަބީލްގެ އަންހެނުން ހިތްހަމަނުޖެހޭކަން އަހަންނަށް އެގޭ. ކޮންމެ އަންހެނަކަށްވެސް ވާނީ އެހެން. ތިމާގެ ފިރިމީހާ ތިމާ ނޫން އެހެން މީހަކަށް އިސްކަންދޭކަށް އެއްވެސް އަންހެކު ބޭނުންނުވާނެ. ނަބީލްގެ ދިރިއުޅުމުގައި ނަބީލް އިސްކަންދެނީ އަހަންނަށްކަން އަހަންނަށް އެގޭ. އެއީ ވަރަށްބޮޑު ގޯހެއް. ގަބޫލުކުރަން ނަބީލް އަހަރެންދެކެ ލޯބިވާކަން. އަހަރެންވެސް ނަބީލްދެކެ ލީބިވިން އެހެންވީމަކަންނޭގެ ނަބީލްއާ އެހާ ގާތްގުޅުމެއް ބޭއްވުނީވެސް.”

“ލޯބިވީމޭ ތިބުނީ! މިހާރު ލޯބިނުވޭތަ؟” އާނާގެ ވާޙަކަތައް އަޑުއަހަންއިދެފައި ނަބީލް އަހާލިއެވެ.

” ނަބީލް! ނަބީލްތީ މީހެއްގެ ފިރިޔެއް. ބައްޕައެއް. ދަރިފުޅާދޭތެރޭ ވިސްނާލަބަ! އަހަރެން ކިތަންމެ ބޭނުންވިޔަސް ނޫނީ ނަބީލް ބޭނުންވިޔަސް އަހަރެން ކިހިނެއް ނަބީލްގެ ދިރިއުޅުމަށް އަންނާނީ. އަހަރެން ބޭނުމެއްނޫން ދީމާއަށް ހިތްދަތިކަންދީފަ ނުހައިކް އޭނަ ބައްޕަޔާ ދުރުކުރުވާކަށް. އަހަރެން އެންމެ ބޭނުންވި ދުވަހު އަހަންނަށް އެހީތެރިވެދިނީ ނަބީލް އާއި ދީމާ. އަހަރެންގެ ސަބަބުން ތިއާއިލާ ރޫޅިގެން ދިޔަނުދީ.” އާނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ނަބީލް ފޮހެދިނެވެ.

” އާނާ! އަހަރެން އަދިވެސް އާނާ ދެކެ ލޯބިވޭ. އަހަރެން ނޭދެން އާނާއަށް އެއްވެސް ދެރައެއް ލިބޭކަށް. އަހަރެން ވަރަށް އުފާވޭ އާނާ އަހަންނާދޭތެރޭ، އަހަރެންގެ ދަރިފުޅާދޭތެރޭ ތިވަރަށް ވިސްނާކަން އެގުނީމަ. ގަބޫލުކުރަން އަހަރެންގެ ދިރިއުޅުން ބަރުބާދުވެގެން މިދަނީ އަހަންނާހެދި ކަން. އިރާދަކުރެއްވިއްޔާ ދެން އެހެން ނުވާނެ. އަހަރެން އަބަދުވެސް އާނާގެ ބެސްޓްފްރެންޑެއްގެ މަގާމުގައި އާނާއާ އެންމެ ގާތުގައި ވާނަން.” ނަބީލް އާނާގެ އަތުގައި ހިފައިގެންއިދެ ވާހަކަދެއްކިއެވެ.

މަންޒަރުބަލަން ޖެހިގެން އިން މޭޒުގައި މީހަކު އިންކަން އެގުނީ އާނާ ތެދުވެގެން ނުކުންނަން ދިޔުމުންނެވެ.

“އަހަ ދީމާ! ކޮންއިރަކު މާލެ އައީ” އާނާ ދީމާ އިން މޭޒާ އަރާ ހަމަކޮށްފައި އަހާލިއެވެ. ނަބީލްއަށް ބަލާލެވުނީ ދީމާއާ ދިމާލަށެވެ.

“މިއަދު ހެދުނު.” ދީމާ ނަބީލްއަށް ބަލާލަމުން ބުނެލިއެވެ.

” އަހަރެން މިދަނީ އާޖެންޓް މީޓިންއަކަށް ދާން. ސީޔޫ ސޫން” އާނާ މިހެންބުނެފައި ލޮލުގައި އައިނު އަޅަމުން ހިގައިގަތެވެ.

ދީމާ ތެދުވެގެން އައިސް ނަބީލް އިން މޭޒުގައި އިށީނެވެ. ނަބީލް އިނީ ވަރަށް ބިރުންނެވެ. އާނާ ދެއްކި ވާހަކަތައް އަޑުއިވިފައި ދީމާ ކަންތައްކޮށްފާނެ ގޮތަކާމެދު ވިސްނަނީއެވެ.

“ނަބީލް! އަހަންނަށް މާފްކުރޭ! އަހަރެން ތިދެމީހުންނަށް ޝައްކުކުރީ ތިދެމީހުން އޮންނަ ގާތްގުޅުމެއްގެ ސަބަބުން. އެކަމަކު މިހާރު އެގިއްޖެ އާނާ އާއި ނަބީލްގެ ދެމެދު އެކަހަލަ އެއްވެސް ކަމެއް ނެތްކަން. އާނާ އަކީ ވަރަށް ހިތްހެޔޮ ރަގަޅު ކުއްޖެއް.” ދީމާގެ ވާހަކަތައް އަޑުއިވިފައި ނަބީލް އިނީ ވާނުވާ ނޭގިފައެވެ. ދީމާ މިދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ. އެމީހުން ދެއްކި ވާހަކަ ދީމާއަށް އަޑުއިވުނުހެއްޔެވެ. ސުވާލުތަކުން ނަބީލްގެ ހިތް ބަންޑުންޖަހާލިއެވެ.

“އާ ނަބީލް! އަހަރެން އަޑުއެހިން އާނާ ނަބީލްއަށް ނަސޭހަތްދިންއަޑު. އާނާ ދުވަހަކުވެސް އަހަންނަށް އަދި ނަބީލްއަށް ދެރަގޮތެއް ވާން ނޭދޭކަންވެސް އެގިއްޖެ. ތިދެމީހުންނަކީ އަހަންނަށް ނަމޫނާ ދެބެސްޓްފްރެންޑްސް. އަހަރެން އަބަދުވެސް އާނާއަށް ބަލާނަން. އަހަރެން ތިދެމީހުންގެ ގުޅުމާ ރުހިގަބޫލް. ދެން އަހަރެން ނަބީލްއަށް ޝައްކުނުކުރާނާން. އަހަންނަށް މާފްކުރޭ!” ދީމާގެ ވާހަކަތައް ނަބީލް ކަނުލާ އަޑުއެހިއެވެ.

” ނަބީލް! ވާހަކަ ދައްކަބަ. އަދިވެސް ރުޅި އައިސްސަތަ؟” ނަބީލް އަގައިންނުބުނެ އިނީމަ ދީމާ އަހާލިއެވެ.

” ނޫން. ރުޅިއެއްނޫން. އަހަރެން ވިސްނާލީ. އަހަރެންގެ ދިރިއުޅުން މިހިސާބަށް އަންނަން ޖެހުނީ އަހަންނާހެދިކަން.”

“ހުރިހާވެސް މައްސަލައަކީ އަހަންނަށް ސިއްރުކުރާތީ. ޝެއާ ނުކުރާތީ. ނަބީލް އާނާގެ ކަންތައް އަހަންނާ ޝެއާނުކޮށް ވަގަށް ކުރާތީ. ދެންވެސް ބުނެގެން އުޅެބަ އޭރުން ނޯ ޝައްކު ޔަޤީން” ދީމާ ހެމުން ބުނެލިއެވެ.

ދީމާއާއި ނަބީލް އެތާގައި ދެގަޑިއެއްހާއިރު ތިއްބެވެ. ދީމާ މާލެއައުމުގެ ބޭނުމަކީ ނަބީލްއާއި އާނާގެ ގުޅުން ފަޅާއަރުވާލުމަށެވެ. އެހެނަސް ކަންތައްވެގެންދިޔައީ ނަބީލްވެސް ހީނުކުރާގޮތަށެވެ.

ނަބީލްއާއި ދީމާ ކޮންމެވެސް މަޖާ ވާހަކައެއްދައްކާފައި ހޭންތިއްބެވެ. އާނާހުރީ އެމީހުންނަށް ނުފެންނަ ހިސާބުގައި އެދެމީހުންނަށް ބަލަހައްޓައިގެންނެވެ.

“ސޮރީ ނަބީލް! އަހަރެން އަދިވެސް ވަރަށް ލޯބިވޭ ނަބީލްދެކެ އެކަމަކު އަހަރެން ބޭނުމެއްނޫން ދީމާ ދެރަކުރާކަށް. ތިދެމީހުންގެ ދެމެދަށް ވަންނަން ބޭނުންނުވާތީ އެހެން މީހަކާ ރައްޓެހިވެގެން ނަބީލްއާ އަހަރެން ދުރުވީ ގަސްތުގައި އެކަމަކު އަހަރެންގެ ނަސީބް. އަހަރެންގެ ދިރިއުޅުމުގައި ލޯބިލިބެންނެތީ.” ހިތާހިތާ ކިޔާލަމުން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. އާނާ ނުކުމެގެން ދިޔައީ ރޮމުންނެވެ. ދެރަވި ވަރުންނާއި ނަބީލްއަށް ވިސްނުވައިދެވުނީތީ އުފަލުންނެވެ.

އެދުވަހަށްފަހު އާނާ ނަބީލްއާ ވާހަކަ ދެއްކިޔަސް އެހާ ގާތްގުޅުމެއް ނުބާއްވައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އާނާއާއި ނަބީލްގެ ގުޅުންވެސް ހީނަރުވެގެންދިޔައެވެ. ހާލުބަލާލަން ނުގުޅާތާ މަސްދުވަސް ނިމިގެންދާއިރުވެސް ހަބަރެއްވެސްނުވެއެވެ. ނަބީލްގެ ދިރިއުޅުމާއިގެން ނަބީލް ކުރިޔަށްދިޔައީ އާނާދެކެ ކިތަންމެ ލޯބިވި ކަމުގައިވިޔަސް ނަބީލްއަށް އާނާ ނުލިބޭނެކަން އެގުނީމައެވެ. ދެއަންބަށް އިންނަން އެހުމުން އާނާ ދިންޖަވާބަކީ “އަހަރެން ހާލުގައި ޖެހުނުދުވަހު އަހަންނަށް އެހީވި އެކަކީ ދީމާ. އަހަރެން ދުވަހަކުވެސް ދީމާއަށް ދެރައެއް ދޭކަށް ބޭނުމެއްނުން. ސޮރީ” އެވެ. އެހިސާބުން ނަބީލް އާނާއާ ދުރުވީއެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!