އިންޑިޔާއަށް ކުރަމުންދާވިއްސާރައިގައި ކެރެލާ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން ގިނައަދަދެއްގެ މީހުން މަރުވެ އެތައް ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އިންޑިޔާގެ ރިޕޯޓްތައް ބުނާގޮތުން އިންޑިޔާއަށް މިހާރުކުރަމުން އަންނަ ވިއްސާރައިގައި ކެރެލާގެ ކޯރުތައް ބަންޑުންވެ މުޅިއަވަށް އޮތީ ފެނުގެ އަޑީގައެވެ. މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަގޮތުގައި ކެރަލާގެ ގެތައް އޮޔާގޮސް ބިމާ ހަމަވާތަން ފެނިގެންދެއެވެ. އޭގެ ސަބަބުން އެތައް އާއިލާއެއް ވީނުވީއެއް ނޭގި ވަނީ ގެއްލިފައިކަމަށް އެޤައުމުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
#WATCH | #Kerala : A house got washed away by strong water currents of a river in Kottayam's Mundakayam on Sunday following heavy rainfall.#KeralaFloods #KeralaRains pic.twitter.com/8R4pwOHWHE
— The Times Of India (@timesofindia) October 18, 2021
މީގެއިތުރުން އެރަށުގެ ބިންގަނޑު ކަޑައިގެން ދިޔުމުގެ ސަބަބުން ދުއްވާ އެއްޗެހި ދުއްވުމުގައި އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަށް ރިޕޯޓްތައް ބުނެއެވެ. ހަމމައެއާއެކު މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ފެންގަނޑުތެރޭގައި މަރުވެފައި ތިއްބާ ވަނީ ފެނިފައެވެ. ވެއްޓިފައި ތިބި ގެތަކުގެ ތެރޭގައި އެތައް ބަޔަކު ތާށިވެފައި ތިބިކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިހާތަނަށް އައިއިރު އިންޑިޔާ ސަރުކާރުން އެއްހާސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްދީފައިވާއިރު 8 ހާސް މީހުންނަށް ކާބޯތަކެއްޗާއި އަންނައުނުގެ އިތުރުން ސާފުފެން ވަނީ ފޯރުކޮށްދީފައެވެ.
އިންޑިޔާގެ މޫސުމާއިބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ހަތަރު ދުވަހުވެސް އިންޑިޔާގެ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެއެވެ.