ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށައިފިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީގެ އިހްތިސޯސުން ފުލުހުންގެ މުވައްސަސާ ވަކިކުރި ކަމަށް އޮންލައިން ނޫހެއް ކަމަށްވާ “ސަން” ގައި ޖަހާފައިވާ ހަަބަރު ޝެއަރ ކޮށް ކުރެއްވި ޓުވީޓެއްގައެވެ.
ޖަމީލްގެ ޓުވީޓުގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އާއި މަސްއޫލުވާނެ ފަރާތެއް ނެތުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށާއި، ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށާފައިވާ ކަމަށެވެ. އަދި ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ ބުނެ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.
ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުަޅެން ފެށީ. ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް. https://t.co/jzYvZXRaWR
— Mohamed Jameel Ahmed (@MJameelAhmed) October 18, 2021
އަދި މިސަރުކާރަކީ ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށާއި، ގާނޫނުގައި އޮތް ވަޒީރުންގެ މަސްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ ބުނެ ޖަމީލްގެ ޓުވީޓުގައިވަނީ ސުވާލު ކުރައްވާފައެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރިކަން ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ތުރުކީ ވިލާތުން އިސްލާމް ދީން ނައްތާލިގޮތަށް އަދި ނުވެގެން އުޅެނީ އެކަމަށް އަދި ފަސްއަހަރު އޮތީމައެވެ.