ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވާ އަތޮޅު ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ފެށުނު މި މުބާރާތުގައި ގދ އަތޮޅުގެ ރަށްތަކުން ޖުމްލަ 91 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މިއަދު ވަނީ 4 ދަންފަޅިއަކަށް ބަހާލައިގެން ބަލައިގެން ކިޔަވާ 68 ދަރިވަރުން ކިޔަވާ ނިމިފައެވެ.
އެހެން އަހަރުތަކޭ ޚިލާފަށް މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.
މި މުބާރާތުގައި ބައިވެރިވި ސްކޫލްތަށް:
ގދ.އަތޮޅު ތަޢުލީމީ މަރުކަޒު
ހުވަދޫ ސްކޫލް
މަޑަވެލި ސްކޫލް
ތިނަދޫ ސްކޫލް
ގދ.އަތޮޅު މަދަރުސާ
ހޯނޑެއްދޫ ސްކޫލް
އަބޫބަކުރު ސްކޫލް
ރަށް ތަކުގެ ރަށު ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވި ގިނަ ކުދިން މިއަދު ކިޔަވާ ނިމިފައިވާއިރު މާދަމާ ހެނދުނު ދަންފަޅީގައި ބާކީ ތިބި 23 ދަރިވަރުން ކިޔަވާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މާދަމާ ކިޔަވަން ހަމަޖެހިފައިވާ ކުދިންނަކީ ހިތުން ކިޔަވާ ކުދިން ކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ.
މި މުބާރާތުަގައި ބައިވެރިވި އުމުރުފުރާ ތެރޭގައި 6 އަހަރުން ދަށް، 9އަހަރުން ދަށް، 12އަހަރުން ދަށް، 15އަހަރުން ދަށް، 18އަހަރުން ދަށް، އަދި ހާފިޒް ހިމެނެއެވެ.