“މިނިސްޓްރީ އޮފް ޅިޔަނާ” ކިޔާ މިނިސްޓްރީއެއް އުފައްދަން ޖެހޭ ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް ޅިޔަނާ އުފައްދަން ޖެހޭ ކަމަށާއި، މުޅި ދައުލަތުގައި އޮތީ ޅިޔަނުން ކަމަށެވެ. ސަރުކާރަށް ފާޑުކިޔައި ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، ވެރިކަމުގެ އާރާއި ބާރު، ޖާހަތާއި ސެހެންޝާހު ވެރިވުމުން، ވަޒީރެއް، ކޯލިޝަނެއް، ޕާޓީއެއް، ފިކުރެއް، އަދި އާންމު ރައްޔިތުންގެ ބޭނުމެއް މިސަރުކާރަށް ނުފެނުނު ކަމަށެވެ.
އަދި މިސަރުކާރަށް އޮތީ ބާކީ ދެ އަހަރު ކަމަށާއި، އިންސާފު އަރާ ހަމަކުރާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި އިރު މުވައްޒަފުން ތަަކަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ.
ކަލޯމެން އަދިވެސް ހެއްލުވޭނެ ތިބެދާނެ ނުރުހިފަ އެކުން ، ތީ އިރުގެ ކުލައިން ލައްތްޖެހި ކަޅުފާނަތަކެކެވެ.