ޚަބަރު
މަތީ ސާނަވީ ޤައުމީ ގަދަ 10އެއްގައި ގދ. އަތޮޅުތަޢުލީމީ މަރުކަޒުގެ ދެ ދަރިވަރަކު

2019 ވަނަ އަހަރު މަތީ ސާނަވި އިމްތިހާނުގައި ބައިވެރިވެ، ޤައުމީ ގަދަ 10އެއްގެ މިންގަނޑުތަކާއި އެއްވަރަށް ފާސްވެ، ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލް ނިންމި ދެ ދަރިވަރަކު މަތީ ސާނަވީ ޤައުމީ ގަދަ 10 އެއްގައި ހިމެނިއްޖެއެވެ.

2019 ވަނަ އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭ ލެވެލް ކިޔެވުން ނިންމައި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި ދެދަރިވަރަކު، މަތީ ސާނަވީ ޤައުމީ ގަދަ 10އެއްގައި ވަނީ ހިމެނިފައެވެ.

ގަދަ 10އެއްގައި ހިމެނިފައިވާ 2 ދަރިވަރުންނަކީ، އަޙްމަދު ދާނިޝް ޝަމީމް, ފިނި، ގދ. ތިނަދޫ އަދި އައިޝަތު އަމްނާ ރަޝީދު، ކާމިޔާބު، ގދ. ތިނަދޫ އެވެ. އަޙްމަދު ދާނިޝް ޝަމީމް، ޤައުމީ ގަދަ 10އެއްގެ 9 ވަނައިގައި ހިމެނިފައިވާއިރު، އައިޝަތު އަމްނާ ރަޝީދު ހިމެނިފައިވަނީ ޤައުމީ ގަދަ10އެއްގެ 10 ވަނައިގައެވެ.

ފާއިތުވީ އަހަރުތަކުގައިވެސް، ޤައުމީ ގަދަ 10 އެއްގައި ގދ، އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން މަތީ ސާނަވީ އިމްތިހާނުން އަދި ސާނަވީ އިމްތިހާނުން ޤައުމީ ގަދަ 10އެއްގައި ހިމެނިފައިވެއެވެ.

މިހިގާ 2021 ވަނަ އަހަރު ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީއްޖާ  މިހާރު ލިބިފައިވާއިރު، ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި ސާނަވީ އިމްތިހާނުގެ ޤައުމީ ގަދަ 10އެއްގައި ހިމެނުމަށް ފާސްވާންޖެހޭ މިންވަރަށް ފާސްވެ އެ ސްކޫލުގެ 18 ދަރިވަރަކު، ޤައުމީ ގަދަ 10އެއްގައި ހިމެނުގެ އުއްމީދު އެބަ އޮތް ކަމަށެވެ. މިއީ ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު، ވަރަށްބޮޑު ކުރިއެރުމެއްގެ ގޮތުގައި އެސްކޫލުން މަޢުލޫމާތު ދެއެވެ.

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިދެދަރިވަރުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް، ހުވަދޫ ނިއުސް ޓީމްގެ ފަރާތުން މަރުޙަބާ ކިޔަމެވެ.

  1. ހަސަންބެ / ތިނަދޫ

    މަރުހަބާ